ކުޅުދުއްފުށި ސިޓީގެ އާންމު ކުތުބުޚާނާގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ)
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ތަޢާރަފްތާ
- ނަންބަރު
- (IUL)266-SECE/266/2024/175
- ޕަބްލިޝްކުރި ތާރީޚު
- 2024-09-17
- ޕަބްލިޝްކުރި ގަޑި
- 10:38
ކުޅުދުއްފުށި ސިޓީގެ އާންމު ކުތުބުޚާނާގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) 4 ޖުލައި 2024 ވަނަ ދުވަހުން ފެށިގެން ތަންފީޛު ކުރެވެމުންދާތީ، އެ ކުތުބުޚާނާއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި އެހެނިހެން މުހިންމު މަޢުލޫމާތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
|
ކުޅުދުއްފުށި ޢާންމު ކުތުބްޚާނާ ހުޅުވިފައި ހުންނަ ގަޑިތައް: |
|
|
އާދިއްތަ – ބުރާސްފަތި |
ހެނދުނު 09:00 އިން 15:00 އަށް ހަވީރު 16:00 އިން 22:00 އަށް. |
|
ހޮނިހިރު |
ހެނދުނު 09:00 އިން 15:00 އަށް. |
ކުޅުދުއްފުށި އާންމު ކުތުބުޚާނާ އީމެއިލް: [email protected]
ކުޅުދުއްފުށި އާންމު ކުތުބުޚާނާ ފޯން ނަންބަރު: 6527181
|
އާންމު ޤަވާއިދުތައް |
|
ކުތުބްޚާނާގެ ޙިދުމަތް ހޯދަން އަންނަ ހުރިހާ ފަރާތްތަކުންވެސް ލައިބްރަރީ މުވައްޒަފުންނަށް އިޚްތިރާމުކުރުމާއި ލައިބްރަރީގެ ޤަވާއިދުތަކަށް އިޚްތިރާމް ކުރަންވާނެއެވެ. އަދި ލައިބްރަރީގެ ތަކެއްޗަށް ގެއްލުންދީ ހަލާކުކޮށްގެން ނުވާނެއެވެ. ލައިބްރަރީގެ ފޮތްތައް އަދި އެހެނިހެން ތަކެއްޗަށް ލިބިދާނެ ގެއްލުމަށްޓަކައި، ލައިބްރަރީ ތެރޭގައި އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުންކުރުމަކީ މަނާކަމެކެވެ. އެހެންނަމަވެސް ކުޑަ ފެންފުޅިއެއް ވެއްދިދާނެއެވެ. ލައިބްރަރީ އިމާރާތް ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެވެ. ލައިބްރަރީ ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުންވެސް ފޯނު ބާއްވަންވާނީ ސައިލެންޓްގައި ނުވަތަ ނިއްވާލެވިފައެވެ. މުހިއްމު ފޯނެއް އަތުވެއްޖެނަމަ ލައިބްރަރީގައި ތިއްބަވާ އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެހެން ލައިބްރަރީ އިން ބޭރަށް ނުކުމެ، ފޯނަށް ޖަވާބުދާރީވެވިދާނެއެވެ. ލައިބްރަރީ ތެރޭގައި ފޯނު ނެގުމަކީ މަނާކަމެވެ. އަދި ލައިބްރަރީއަށް ވަދެ ނިކުމެ ހައްދަވާއިރު ފައިވާން ބޭރުގައި ބެހެއްޓުމަށްފަހު، ކޮންމެ ބޭފުޅެއްގެވެސް އަމިއްލަތަކެތި (ދަބަސް) ފަދަ ތަކެތި ލޮކަރ އަށް ލުމަށްފަހު ލައިބްރަރީ އެތެރެއަށް ވަނުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ލައިބްރަރީއަށް ވަންނަވާއިރު ތިބެންވާނީ ސާފުތާހިރު އަދި ލައިބްރަރީ މާހައުލާ ގުޅޭގޮތަށް ހެދުން އަޅުއްވައިގެންނެވެ. |
|
މެންބަރަކަށްވުން / މެންބަރުކަމުން ވަކިވުން |
|
|
މެންބަރުން ގެންދާ ފޮތުގެ ތެރެއިން އެއްޗެއް ގެއްލިގެން ބަދަލުގައި ގެންނަ އެއްޗަކާމެދު އަމަލުކުރާނެގޮތް |
|
|
ސާރކިއުލޭޝަން - ކުޅުދުއްފުށި ލައިބްރަރީއިން މެންބަރުންނަށް ދޫކުރާ ތަކެއްޗާއި، ދޫކުރާތަކެތި މުއްދަތުހަމަވެގެން އެތަކެތީގެމުއްދަތު އިތުރުކުރުމާއި، ދޫކުރެވިފައިވާ ތަކެތި އަނބުރާގެނައުމުން ބަލައި ގަތުން. |
|
ތަކެތި ދޫކުރުން
|
|
ތަކެތި ބަލައިގަތުން
|
|
ސްޓަޑީ ރޫމްސް، ވެލްނެސް ރޫމް އަދި އިންޓަރނެޓް |
|
އިންޓަރނެޓް
|
|
ސްޓަޑީ ރޫމްސް ބުކް ކުރުން
|
|
ވެލްނެސް ރޫމް ބުކްކުރުން
|
|
ރޫމް ބުކިންގް ކެންސަލް ކުރުން
|
|
ފޮޓޯ ކޮޕީ ނެގުމުގެ ޙިދުމަތް |
|
|
ކަސްޓަމަރުންގެ އަމިއްލަ ތަކެތީގެ ތެރެއިން ގެއްލޭ ތަކެއްޗާއި މެދު ޢަމަލުކުރެވޭނެ ގޮތް |
|
ލައިބްރަރީއަށް ކަސްޓަމަރެއްގެ އެއްވެސް އެއްޗެއް ގެއްލިފައިވާކަން ފާހަގަވެއްޖެނަމަ އެކަން ލައިބްރޭރިއަންގެ ސަމާލުކަމަށް ގެނައުމަށްޓަކައި ފުރަންޖެހޭ ފޯމް ފުރަންވާނެ. އެއްވެސް ފަރާތަކުން އެ އެއްޗަކާއި 2 މަސް ވާއިރު ހަވާލުނުވާނަމަ އެއެއްޗެއް ފުލުހުންނާއި ހަވާލުކުރެވިގެންދާނެއެވެ. |
|
ކަސްޓަމަރުންގެ ޚިޔާލު/ކޮމެންޓް/ޝަކުވާ ހުށައެޅުން |
|
އެއްވެސް ފަރާތަކުން ލައިބްރަރީގެ ހިދުމަތަކާއި މެދު ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށައަޅަން ބޭނުންކަމުގައިވާނަމަ އޮންލައިން ފޯމް މެދުވެރިކޮށް ހިޔާލު އަދި ޝަކުވާ ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ޙިޔާލު އަދި ޝަކުވާ ހުށައަޅާ ފޯމް ލައިބްރަރީގެ ރިސެޕްޝަނުންވެސް ލިބިލައްވާނެއެވެ. |
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
