ކުޅުދުއްފުށި ސިޓީގެ ޓުއަރިޒަމް އެޑްވައިޒަރީ ބޯޑް އެކުލަވާލުން
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ތަޢާރަފްތާ
- ނަންބަރު
- (IUL)266-PD/266/2025/60
- ޕަބްލިޝްކުރި ތާރީޚު
- 2025-03-19
- ޕަބްލިޝްކުރި ގަޑި
- 13:08
- ސުންގަޑި
- 2025-04-10 12:00
ކުޅުދުއްފުށި ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމާއި، ބެލެހެއްޓުމާއި، މާކެޓްކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ޓުއަރިޒަމް އެޑްވައިޒަރީ ބޯޑެއް އެކުލަވާލުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. ވީމާ މިބޯޑުގެ މެމްބަރަކަށްވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިބޯޑު ހިންގާނީ މިއިދާރާއިން ފާސްކޮށް، މިއިޢުލާނާއިއެކު އާންމުކޮށްފައިވާ "ވޮލުންޓިއަރ އެޑްވައިޒަރ ބޯޑުގެ އުޞޫލު - ކުޅުދުއްފުށި ސިޓީ" ގެ ޖަދުވަލު 1 ގައި ބަޔާންކުރާ "ޓުއަރިޒަމް އެޑްވައިޒަރީ ބޯޑުގެ ހާއްސަ އުޞޫލު" ގެ ދަށުންނެވެ.
ޓުއަރިޒަމް އެޑްވައިޒަރީ ބޯޑަށް ހޮވޭ މެމްބަރުންގެ ދައުރަކީ 02 (ދެއެއް) އަހަރު ދުވަހެވެ. މި ބޯޑު އެކުލެވިގެންވާނީ އާންމުންގެ ތެރެއިން 06 މެމްބަރުންނާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ 02 (ދެއެއް) މެމްބަރުންނާއި، ކައުންސިލް އިދާރާގެ ޓޫރިޒަމް ނުވަތަ ސިޓީ ޕްލޭނިންގ އާއި ގުޅުންހުރި ޑިޕާޓްމަންޓުން 01 (އެކެއް) އިދާރީ މުވައްޒަފެއްގެ މައްޗަށެވެ.
މިބޯޑަށް އާންމުންގެ ތެރެއިން މެމްބަރުން ހޮވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ޓޫރިޒަމްއާއި ގުޅުންހުރި ވިޔަފާރިތަކަށް އިންވެސްޓްކޮށް އެކަމުގައި ހަރަކާތްތެރިވާ ފަރާތްތައް
- ޓޫރިޒަމް ދާއިރާގެ ތައުލީމާ ތަޖުރިބާ ހުރި ފަރާތްތައް
- މާރކެޓިން، ސޯޝަލް މީޑިއާ އަދި ކޮންޓެންޓް ކްރިއޭޝަންގައި ހަރަކާތްތެރިވާ ފަރާތްތައް
- ފަތުރުވެރިކަމުގެ ދާއިރާގައި ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް
މި ބޯޑަށް ހޮވޭނީ ބޯޑުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ލިޔުންތައް ދިރާސާކުރުމަށްފަހު ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހުއެވެ.
ވީމާ، މި ބޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޭޕްރީލް 2025 ގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވެލެއްވުން އެދެމެވެ. އަދި މި ބޯޑާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ނަންބަރު 7971621 އަށް ގުޅުއްވައިގެން ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
ފޯމުގެ ލިންކް: https://forms.gle/pXzm7ZfPdqgAgXVSA
