Gazette Iulaans
އާންމު މައުލޫމާތު

އެޓްމޮސްފިއަރ ފައުންޑޭޝަނާއި ކުޅުދުއްފުށި ސިޓީ ކައުންސިލާއި ގުޅިގެން ބާއްވާ ޕަންޗް ނީޑްލް ވަރކްޝޮޕް:

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ

ތަޢާރަފްތާ

ނަންބަރު
(IUL)267- /267/2025/52
ޕަބްލިޝްކުރި ތާރީޚު
2025-06-23
ޕަބްލިޝްކުރި ގަޑި
14:11
ސުންގަޑި
2025-06-29 12:00
ގެޒެޓް އިން ހުޅުވާ

އެޓްމޮސްފިއަރ ފައުންޑޭޝަނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން ބާއްވާ ޕަންޗް ނީޑްލް ވަރކްޝޮޕެއް 12 ޖުލައި 2025 އިން 18 ޖުލައި 2025 ގެ ނިޔަލަށް ހދ.ކުޅުދުއްފުށީގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ވަރކްޝޮޕްގައި ބައިވެރިވުމަށް އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ހދ.ކުމުންދޫއަށް ވަނީ 2 ޖާގަ ހުޅުވާލެވިފައެވެ. މި ވަރކްޝޮޕްގައި ބައިވެރިވާން ނަން ނޯޓް ކުރާ ބޭފުޅުން ހޮވުމަށްޓަކައި ވަކި ކުރައިޓީރިއާއެއްވަނީ ކަނޑައެޅިފައެވެ. ޕަންޗް ނީޑްލް ވަރކްޝޮޕައް ހޮވޭ ބައިވެރިންގެ 7 ދުވަހުގެ ކެއުމުގެ ޚަރަދުވެސް ވަނީ އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ހަމަޖައްސާފައެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ބޭފުޅުން 29 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެބޭފުޅެއްގެ ނަމާއި، އެޑްރެސް، އައިޑީ ކާޑުނަންބަރު، ގުޅޭނެ ނަންބަރު އަދި " ޕަންޗް ނީޑްލް ވަރކްޝޮޕް" ޖެއްސެވުމަށްފަހު މި ކައުންސިލުގެ ވައިބަރ ނަންބަރ 7510034 އަށް މެސެޖުކުރެއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.